ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް މީހަކު ބޭނުންވެއްޖެ

އިޢުލާން

ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށް މީހަކު ބޭނުންވެއްޖެ:

  • ބޭނުންވާ ޢަދަދު: 1 (އެކެއް) 
  • އުޖޫރަ (މަހަކަށް): -/25000 (ފަންސަވީސް ހާސް ރުފިޔާ) 
  • މަސައްކަތުގެ ވަގުތު: ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް މަސައްކަތް ނިންމުން.
  • މުއްދަތު: 6 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން).
  • ފެންވަރު ނުވަތަ ޝަރުޠު: ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު:

ޓާރމް އޮފް ރެފަރެންސެންގައި ހިމެނިފައި.

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓުތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު -
  2. މަސައްކަތުގެ ތަޖުރިބާ -
  3. ޕްރެކްޓިކަލްސް - %30
  4. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން: %45

    - އުފެއްދުންތެރިކަން

    - ގާބިލްކަން ހުރި މިންވަރު

ނޯޓް: ޕްރެކްޓިކަލްސްއާއި އިންޓަވިއުއާއި ޕްރެޒެންޓޭޝަނަށް ކަނޑައެޅިފައިވާ އިންސައްތައިގެ %50 (ފަންސާސް އިންސައްތަ) ނުލިބޭނަމަ، ވަޒީފާ އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ބަލައި، ވަޒީފާ ހަމަޖައްސައިނުދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  3. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  4. މަސައްކަތަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. މަސައްކަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  6. މަސައްކަތަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:                              

2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

އިމްތިހާން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިމްތިހާނާއި އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން 2016 ޑިސެންބަރު 13 އާއި 2016 ޑިސެންބަރު 19 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

28 ޞަފަރު 1438

 

28 ނޮވެންބަރު 2016
ހޯދާ