ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރުމުން، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާ އޮތް އޮފީސް: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން                       

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އޮފީހުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން އެޑްމިން ކަންތައްތައް ކޯޑިނޭޓްކުރުންް.

2. މަރުކަޒުގެ އިދާރީ ހިންގުމަށް ބޭނުންވާ ތަކެއްޗާއި، މަސައްކަތްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މަސައްކަތުގެ މާޙައުލު ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންކަން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން.

3. މަރުކަޒުގެ އެޑްމިން އެންޑް އެކަޑެމިކް އެފެއާޒް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތް މިންކޮށް، މަސައްކަތުގެ ފެންވަރުބަލާ ފޯމު ފުރުމާއި، އޭގެ ރިޕޯޓް ތައްޔާރުކުރުން.

4. ތަފާތު ހިސާބާބެހޭ މަޢުލޫމާތު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

5. ސްކޫލުގެ ބޭނުމަށް ތަކެތި ހޯދުމާބެހޭގޮތުން ބަލަހައްޓަންޖެހޭ ރިކޯޑު ބެލެހެއްޓުމާއި، ތަކެތި ހޯދުމަށްފަހު ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރުވުން.

6. ސްކޫލުގެ ސްޓޮކަށާއި އެކިއެކި ވާރކްޝޮޕްތަކަށް ބޭނުންވާ ތަކެތި ހޯދައި، އެތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރުވުން.

7. ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.

8. ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ބެލެހެއްޓުމާއި، ގަވާއިދުގައިވާގޮތުގެމަތިން އެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.

9. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް، ނިމޭ އަހަރުގެ މަޢުލޫމާތު، ހިނގާއަހަރުގެ ޖަނަވަރީ 5 ގެ ކުރީން، ކަމާބެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުން.

10. ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

11. ސްކޫލުގެ ހިންގުން ރަނގަޅުކޮށް ހަލުއިކުރުމަށް އެ މުވައްޒަފެއްގެ ހައިސިއްޔަތުން ކުރެވެންއޮތް ހުރިހާ ކަމެއްކޮށް، ސްކޫލުގެ ވެރިންނާއެކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުން.

12. ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިޔަކު ރަސްމީ ކަމެއް ހަވާލުކުރައްވައިފިނަމަ، އެ މަސައްކަތެއް، ވީއެންމެ ފުރިހަމަޔަށް ކުރުން.

13. ސެކްޝަނުގެ ނުވަތަ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެ މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނިކުންނަންދެން، އެ މުވައްޒަފު ކުރަމުންދާ މަސައްކަތް ކުރުން.

14. ވަޒީފާގެ މަސްއޫލިއްޔަތުގައި ކަނޑައެޅިފައިވާ ކަންތައްތަކުގެ އިތުރުން، ވެރިޔަކު ރަސްމީ ކަމެއް ހަވާލުކުރައްވައިފިނަމަ، އެ މަސައްކަތެއް، ވީއެންމެ ފުރިހަމަޔަށް ކުރުން.

15. ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް އެނގި، އެއާ އެއްގޮތަށް ޢަމަލުކުރުން.

16. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

ދާއިރާތައް:

1. އެޑްމިނިސްޓްރޭޝަން

2. މެނޭޖްމަންޓް

3. ހިއުމަން ރިސޯސް މެނޭޖްމަންޓް

މަޤާމުގެ ޝަރުޠު:           

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދައިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ބާއްވާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

ށ. މި މަޤާމަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:30 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6865002 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ