މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަމަނަވެށްޓާއި، އެމް.ބީ.އެސްގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނަންސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ދަމަނަވެށްޓާއި، އެމް.ބީ.އެސްގައި ބެހެއްޓިފައިވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމް މެއިންޓެނަންސް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 07 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 ނޮވެންބަރު 2016
ހޯދާ