މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2017 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

އިޢުލާނު

2017 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

މި މިނިސްޓްރީން ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ 2017 ވަނަ އަހަރުގެ ވަރުވާދެއްކުމުގެ މުއްދަތު 2016 ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާތީ 2016 ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން މި ފައިސާ ދެއްކުމަށް ވަރުވާއަށް ފަޅުރަށްރަށް ހިފާފައިވާ ފަރާތްތަކަށް ހަނދާންކޮށްދެމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. ވަރުވާ ދައްކަން އަންނައިރު، ރަށް ލިޔެދީފައިވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ހިފައިގެން އައުން އެދެމެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ، އެ ރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުން ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. 2017 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު، ރަށަށް ދައްކަވަންޖެހޭ ވަރުވާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނާއި، ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަ ފަޅުރަށްރަށް ވަރުވާއަށް ހިފާފައިވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ