އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޓަރނަލް އޮޑިޓަރ

މަޤާމް :އެސިސްޓެންޓް އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: އެސިސްޓެންްޓް އިންޓަރނަލް އޮޑިޓަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1

ޔުނިޓް: އިންޓަރނަލް އޮޑިޓް

މަސައްކަތް ކުރަންޖެހޭތަން: އޮޑިޓަރ ޖެނެރަލްގެ އޮފީސް

އަސާސީ މުސާރަ: -/4000 ރ. (ހަތަރު ހާސް ރުފިޔާ)

ސަރވިސް އެލަވަންސް: ދުވާލަކަށް 163/33  (ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި)

ލިވިންގ އެލަވަންސް: -/1500ރ. (އެއް ހާސް ފަސްސަތޭކަ ރުފިޔާ)

ޕްރޮފެޝަނަލް އެލަވަންސް:  ޑިޕްލޮމާ ހާސިލު ކޮށްފައިވާނަމަ -/500ރ. (ފަސް ސަތޭކަ ރުފިޔާ)

އޮޑިޓް އެލަވަންސް: -/2000 (ދެ ހާސް ރުފިޔާ)

އަސާސީ ޝަރުޠު

  1. ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލްކޮށްފައިވުން ނުވަތަ
  2. ސީ.އޭ.ޓީ ލެވެލް ސީ ފުރިހަމަކޮށްފައިވުން ނުވަތަ
  3. އޭ.ސީ.ސީ.އޭ ޕާޓް 1 ފުރިހަމަ ކޮށްފައިވުން
  4. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލު މީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު

  1. މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮންމެ މަހަކު އޮފީހުން ކުރެވޭ ޚަރަދުތަކުގެ ސައްހަކަން ބަލައި މަސްދުވަހުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  2. އޮޑިޓް ޤާނޫނުގައި ބުނެފައިވާ ކަންކަން ތަންފީޛު ކުރެވެމުންދާ މިންވަރު ބަލައި ރިޕޯޓު ހެދުމަށް އެހީތެރިވެދިނުން.
  3. މުވައްޒަފުން ހާޒިރީއާއި، ކުރާ މަސައްކަތުގެ މިންވަރު ބަލައި ރިޕޯޓް ހެދުމަށް މައުލޫމާތު ހޯދުން.
  4. މި އޮފީހުގެ އޮޑިޓް ޝެޑިއުލާ އެއްގޮތަށް ހިންގަމުންދޭތޯ ބަލައި ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  5. އޮފީހުގެ މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ސިސްޓަމްތަކާއި އުސޫލުތަކާއި ޕްރޮސީޖަރތައް ދިރާސާކޮށް ޚިޔާލު ހުށަހެޅުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައި ނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި:

2016 ޑިސެންބަރު 4 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިންޓަވިއު:

  1. މި މަޤާމުގެ އިންޓަރވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަރވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
  2. އިންޓަރވިއު ޕްރޮސެސް ހިނގަމުންދާނެ ގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަންއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަރވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3316430 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.


 

24 ނޮވެންބަރު 2016
ހޯދާ