މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް:  އެސިސްޓެންޓް ކަރަންޓީން އޮފިސަރ                              ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން އެންޑް ޑައިގްނޯސްޓިކް ސެންޓަރ     

މަސައްކަތްކުރަންޖެހޭތަން

ހުޅުލެ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރުގެ ދާއިރާއިން ނުވަތަ އެނަވަޔަރަންމަންޓުގެ ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ރާއްޖެ އެތެރެކުރެވޭ ގަސްގަހާގެއްސާއެކު ގެންނަންޖެހޭ ފައިޓޯސެނިޓަރީ ސެޓްފިކެޓް އޮތްތޯ ބަލައި އެ ސެޓްފިކެޓުގައިވާ ގޮތަށް ގަސްތަކުގައި އެއްވެސް ބައްޔެއް ޖެހިފައި ހުރިތޯ ބަލައި ބައްޔެއްނެތްނަމަ ދޫކުރުން ބައްޔެއް ހުރިނަމަ ކަރަންޓީން ކުރުން.
  • ރާއްޖެއަށް އެތެރެ ކުރެވޭ ދިރޭ ޖަނަވާރާއެކު ގެންނަންޖެހޭ ވެޓެރިނަރީ ސެޓްފިކެޓް އޮތްތޯ ބަލައި އެ ސެޓްފިކެޓްގައިވާ ގޮތަށް ޖަނަވާރަށް އެއްވެސް ބައްޔެއް ޖެހިފައި ހުރިތޯ ބަލައި ބައްޔެއް ނެތްނަމަ ދޫކުރުން ބައްޔެއް ހުރިނަމަ ކަރަންޓީން ކުރުން.
  • ކަރަންޓީން ކުރެވޭ ތަކެތީގެ ތެރެއިން ނައްތާލަންޖެހޭ ތަކެތި ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތާލުން.
  • ރާއްޖެއަށް އެތެރެ ކުރެވޭ ގަސް، ގަސް ގަހާގެހީގެ ބައިތައް، ދިރޭ ޖަނަވާރު، ދިރޭ މަސްމަހާމެހި، ދޫނިސޫފާސޫތްޕާއި މިނޫނަސް ކަރަންޓީނު ނުވަތަ ރެގިއުލޭޓެޑް އާޓިކަލްސްތަކުގެ ތަފުސީލު ބެލެހެއްޓުމާއި ހިސާބު ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ގަސްގަހާގެއްސާއި ޖަނަވާރު ކަރަންޓީން ކުރުމާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރު

މަޤާމް:  އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ                              ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ.

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް.3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް ސެކްޝަން   

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ ތަފާސްހިސާބާބެހޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސްދުވަހުގެ މަސްވެރިކަމުގެ ރިޕޯޓް ކޮމްޕައިލްކުރުމާއި މަސްވެރިކަމާގުޅޭ އެކިއެކި ތަފާސްހިސާބުތައް ނެގުމާއި މި ތަފާސްހިސާބުތައް ކޮމްޕައިލްކުރުމުގައި އެހީތެރިވެ އެކަމުގައި ބައިވެރިވުން.
  • އީ.އީ. ޒެޑްގައި ކުރެވޭ މަސްވެރިކަމުގެ މަޢުލޫމާތުތައް ޗެކުކޮށް ކޮމްޕައިލްކޮށް ބެލެހެއްޓުން.
  • މޫސުމާއި މަސްވެރިކަމުގެ ރިޕޯޓް ބެލެހެއްޓުމާއި ޗެކްކުރުމާއި އެންޓަރކުރުމުގެ މަސްތަކާއި، މަސްވެރިކަމުގެ އިމްޕޯޓް އެކްސްޕޯޓް ޗެކްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- މަސްވެރިކަމުގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު

މަޤާމް:  އެގްރިކަލްޗަރ އޮފިސަރ                          ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް. 2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް    

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރުގެ ދާއިރާއިން ނުވަތަ އެންވަޔަރަންމަންޓުގެ ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ނުވަތަ އެންވަޔަރަމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ނުވަތަ އެންވަޔަރަމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއިން ނުވަތަ އެންވަޔަރަމަންޓް ދާއިރާއަކުން ނުވަތަ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ޕެސްޓިސައިޑާއި ޕާރޓިލައިޒަރ އެތެރެކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުމުގެ ހުރިހާ ކަމެއް ކުރުން.
  • ކެމިކަލްސްއާބެހޭ ގޮތުން މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުން.
  • ކެމިކަލް ހުއްދައަށް އެދޭ ފޯމުތައް އަޕްޑޭޓް ކުރުން.
  • ރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑްގެ ރިކޯޑްތައް ބެލެހެއްޓުމާއި ޑާޓާ ބޭސް ތައްޔާރުކުރުން.
  • ރާއްޖޭގެ ދަނޑުވެރިންނަށާއި، ޕެސްޓިސައިޑް ގެންގުޅޭ ފަރާތްތައް ޕެސްޓިސައިޑަށް ހޭލުންތެރިކުރުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން

- ދަނޑުވެރިކަމުގެ ދާއިރާއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

  1. ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން

- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- އެސިސްޓެންޓް ކަރަންޓީން އޮފިސަރުގެ މަޤާމަށް ކޮއްތުފައިސާގެ ގޮތުގައި މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް -/60 ރުފިޔާ ލިބޭނެއެވެ.

- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، ސިފްޓް ޑިއުޓީ އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ ރާއްޖޭގެ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓުގެ ކޮޕީ، އަދި ރާއްޖޭން ބޭރުން ހާސިލުކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓުލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެކްޓިކަލްސްއާއި އިމްތިޙުނު ކުރުން

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް ( www.fishagri.gov.mv ) އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339244 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

23 ނޮވެންބަރު 2016
ހޯދާ