ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަދަރުސާގެ މިދަންނަވާ މަރާމާތުތައް ބޭނުންވެއްޖެއެވެ.  

1- އޭސީ މަރާމާތުކުރުން.

2- ފަންކާ ބަދަލުކުރުން / ހަރުކުރުމާއެކު

3- ސޮކެޓް ފޮށްޓާއެކު /ހަރުކުރުމާއެކު

4- ހޮޅިބުރި އެނާރޖީސޭވް އަށް ބަދަލުކުރުން

5- ގްލޯބު ބަދަލުކުރުން ލައިޓާއެކު (ބަގީޗާއެކު)

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ޑިސެންބަރު 7  ވާ ބުދަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 10:00 އަށް މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކަށް މާކްސް ދެވޭނެ ގޮތް

- އަގަށް: % 80     - މުއްދަތަށް: % 10   - ތަޖުރިބާ: % 10

މަޢުލޫމާތު ސާފުކުރުމަށްހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ބަންދޫ ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7733939 އަށެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މި އިޢުލާންކުރުމުން، މިކަމާބެހޭގޮތުން މީގެކުރިން ކޮށްފައިވާ އިޢުލާން ނަންބަރު 125/2016 (02 ނޮވެންބަރު 2016) ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

24 ނޮވެންބަރު 2016
ހޯދާ