ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމް/ މުދިމް

އިޢުލާން

އިމާމް/ މުދިމްކަމުގެ މަޤާމަށް ވަގުތީގޮތުން މުވައްޒަފުން ހޯދުން:

މަޤާމްއިމާމް/ މުދިމް

މަސައްކަތްކުރާ ތަން: ގދ. ރަތަފަންދޫ މަސްޖިދުއްރަޙްމާން

ބޭނުންވާ އަދަދު: 1 (އެކެއް)       

މުއްދަތު: 1 (އެކެއް) އަހަރުދުވަސް

ކޮންޓްރެކްޓް ކުރެވޭ މުސާރަ: އިމާމްކަމުގެ ޝަރުޠު ފުރިހަމަވާނަމަ: ކޮންމެ ނަމާދުވަގުތަކަށް 39/77 ރުފިޔާ 

މުދިމުކަމުގެ ޝަރުޠު ފުރިހަމަވާނަމަ: ކޮންމެ ނަމާދުވަގުތަކަށް 33/77 ރުފިޔާ

މުދިމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 

- އިމާމުވެ ނަމާދުކުރަން އެނގޭ މީހަކަށްވުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛

- ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތުކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

- މުދިމުކަމުގެ ސަނަދު ލިބިފައިވުން.

- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛

- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ޝަހާދާ ޘާނަވިއްޔާ އަދި ޤިރާޢަތު ސެޓުފިކެޓު ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދަށް ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.

2. މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ކައުންސިލް އިދާރާއަށް އަންގައިގެން އެކަންކަން ޙައްލުކުރުމަށް މަސައްކަތް ކުރުން.

3. މަސައްކަތު މީހުން  މަސައްކަތްކުރާ ނުކުރާގޮތް ބެލުމާއި، މިސްކިތަށް ލިބެމުންދާ ގެއްލުންތައް ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ، މިސްކިތު އިމާމު/ މުދިމު މިސްކިތުގެތެރެ ސާފުކުރުމާއި، ނަމާދުކޮށް ނިމިގެން ދަމުން ބޮކިތަކާއި، ހޮޅިބުރިތަކާއި، ފަންކާތައް ނިންވުމާއި، މިސްކިތުގެ ދޮރުތައް ލެއްޕުން.

4. ކޭތަނަމާދާއި ޢީދު ނަމާދު ކުރުމާއި، މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ނިމެންދެން މިސްކިތުގައި މަޑުކުރުން.

5. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި: ފަރުޟު ފަސްނަމާދުގެ ވަގުތު

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

5. ސްކޫލްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

6. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

އިންޓަވިއު:

މި މަޤާމަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. ޝަރުޠު ހަމަނުވާ ފަރާތެއް ކުރިމަތިލައިފިނަމަ، އިންޓަވިޔު ކުރުމާއެކު، ޤުރްއާން ޓެސްޓެއް ދެވޭނެއެވެ. އިންޓަވިއުއިންނާއި ޤުރްއާން ޓެސްޓުން ފާސްވާ ފަރާތްތަކަށް މި މަޤާމް ހަމަޖެއްސޭނެއެވެ. 

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

2016 ޑިސެންބަރު 7 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން.

މަޤާމަށް އެދި ސިޓީ ފޮނުވަންވީ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި ކައުންސިލް އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ