ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މިސްކިތް ބަލަހައްޓާނެ ވަގުތީ މަސައްކަތު މީހުން ހޯދުން:

މަޤާމް: މަސައްކަތު

މަސައްކަތްކުރާ ތަން: ގދ. ރަތަފަންދޫ މަސްޖިދުއްރަޙްމާން

ބޭނުންވާ އަދަދު: 3 (ތިނެއް)       

މުއްދަތު: 1 (އެކެއް) އަހަރުދުވަސް 

ކޮންޓްރެކްޓް ކުރެވޭ މުސާރަ: މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަކަށް 22/29 ރުފިޔާ 

މަސައްކަތު ކުރަންޖެހޭ ގަޑި: ދުވާލަކު 6 ގަޑިއިރު

މަޤާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓުގެ ކުރިންނާއި ނަމާދުގެ ފަހުން މިސްކިތަށްގޮސް، މިސްކިތާއި ވަޅުދޮށް ސާފުކުރުން.

2. އިދާރާއިން  އިންތިޒާމްކުރާ ގޮތެއްގެމަތިން މިސްކިތް ފޮޅައި ސާފުކުރުމާއި، ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންގެވެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި، ވިނަ ނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތް ކުރުން (މީގެ ތެރޭގައި، މިސްކިތުގެ ގޯތިތެރޭގައި ހުންނަ ޤަބުރުސްތާނުތަކެއް ނުހިމެނެއެވެ.)

3. މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން.

4. އިމާމް/މުދިމު އަންގާ ގޮތެއްގެ މަތިން، ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް، ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑުތައް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި ފަންކާތައް، އިދާރާއިން ހަމަޖައްސާ އުސޫލަކުން ދިއްލުމާއި ނިންވުން.

5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ގަވާއިދުން މުދިމު/އިމާމުއަށާއި އިދާރާއަށް އަންގަމުން ގެންދިއުން.

6. އިދާރާއިންނާއި  އިމާމް/މުދިމު ހަމަޖައްސަވާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

7. މީގެ އިތުރުންވެސް، މިސްކިތާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

3. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

5. ސްކޫލުގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ

6. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ތަކެތި ހުށަހެޅުމުގެ ސުންގަޑި: 2016 ޑިސެންބަރު 7 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން.

މަޤާމަށް އެދި ސިޓީ ފޮނުވަންވީ ތަން: ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް.

އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި ކައުންސިލް އިދާރާގެ 6840016 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ