މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕާޓްމަންޓް ކުއްޔަށް ހިފުމާބެހޭ

އިޢުލާނު

މުވައްޒަފުން ބޭތިއްބުމަށް އިމާރާތެއް ކުއްޔައް ހިފުމާބެހޭ

މި ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ބޭތިއްބުމަށްޓަކައި 3 ކޮޓަރީގެ 1 އެޕާޓްމަންޓާއި، 2 ކޮޓަރީގެ 1 އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު 78116-KI / IL / 2016 /  (13 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން، އަގު ހުށަހެޅުއްވި ފަރާތްތަކުގެ ތެރޭގައި ޝަރުޠު ހަމަވާ 3 ފަރާތް ހަމަނުވާތީ އެ ހުށަހެޅުންތައް ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، 2 ކޮޓަރިއާއި، 3 ކޮޓަރީގެ އެޕާޓްމަންޓް ކުއްޔަށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 10:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 28 ވާ ހޯމަދުވަހު 10:00 އަށް މި ކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން ކުއްޔަށް ދެއްވުމަށް ގަސްތުކުރައްވާ އަގު ހުށަހެޅުއްވުން އެދެމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ