އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ސީނިއަރ އޮފިސަރ

ސެކްޝަންް: ޕަބްލިކް ރިލޭޝަންސް އެންޑް މާކެޓިންގ

ތަޢުލީމާއި ތަޖުރިބާ:

1. ޖީ.ސީ.އީ އޭލެވެލުން 2 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލުން 4 މާދާއިން ފާސްވެފައި، ބްރޯޑްކާސްޓިންގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2. މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.

3. މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންސްއާއި ކޮމްޕިއުޓަރ ގްރެފިކްސް ސޮފްޓްވެއަރ (އެޑޯބީ ފޮޓޯޝޮޕް، އިންޑިޒައިން ފަދަ ސޮފްޓްވެއަރ) ބޭނުންކުރަން ރަނގަޅަށް އެނގުން. މި ދާއިރާއިން ތަމްރީނު ލިބި، ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

4. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

5. ޕަބްލިކް ރިލޭޝަންސް / މާސް ކޮމިއުނިކޭޝަން / ޖާނަލިޒަމްގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

6. ޓީމަކާ އެއްކޮށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ކުންފުނީގެ ޚިދުމަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓުތަކާއި، ނޫސް ބަޔާންފަދަ ތަކެތި ތައްޔާރުކުރުން.

2. މި ކުންފުނިން ހިންގާ މުހިންމު ހަރަކާތްތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުން.

3. އޮފީހުން ކުރިއަށްގެންދިއުމަށް ކަނޑައެޅިފައިވާ ޕަބްލިކް ރިލޭޝަންސްގެ ޢަމަލީ މަސައްކަތްތައް ރާވައި ހިންގުމުގެ އެންމެހައި ކަންކަން ކުރުން.

4. މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5. ކުންފުންޏާ ގުޅޭގޮތުން ވީޑިއޯ ރިޕޯޓްތައް ހެދުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި:

2016 ޑިސެންބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު.

2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ސީވީ.

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 23 ޞަފަރު 1438

23 ނޮވެންބަރު 2016
ހޯދާ