އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމާގުޅޭ

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ކަމަށް ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ. 

  • މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 29 ނޮވެންބަރު 2016ވާ އަންގާރަދުވަހުގެ 13:00 ގައި ސްކޫލު އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

ސެކިއުރިޓީ ބަލަހައްޓައިދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 ގައި މި ސްކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، ރ.އަނގޮޅިތީމު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ، ހާޒިރުވެލައްވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއް ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދުރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016
ހޯދާ