ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއިކްބުކްސް ޕްރިމިއަރ 2017 އޮރިޖިނަލް 5 ޔޫސަރ ލައިސަންސް ގަންނަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި އިދާރާއަށް ކުއިކްބުކްސް ޕްރިމިއަރ 2017 އޮރިޖިނަލް 5 ޔޫސަރ ލައިސަންސް މިއޮފީހަށް ގަންނަން ބޭނުންވެއެވެ

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

1 ޑިސެންބަރު 2016

ބުރާސްފަތި  

13:00

އަންދާސީހިސާބު ހުށަހެޅުން

4 ޑިސެންބަރު 2016

އާދީއްތަ

11:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި އަދި މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅުއްވާފައި ހުންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތުޝީޓުގައި ހިމަނާފައިވާނެއެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ