އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ކްލެއިމްސް އެންޑް ޕްރޮސެސިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އޮފިސަރ

ޑިޕާޓްމަންޓް: ކްލެއިމްސް އެންޑް ޕްރޮސެސިންގ

ތަޢުލީމާއި ތަޖުރިބާ:

1. ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުން.

2. މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލްކަން ހުރުން.

3. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.

4. އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.

5. ޓީމަކާއެކު މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް ބަލައިގަތުމާއި، ބަލައިގަންނަ އިންވޮއިސްތަކުގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ލިބޭ އިންވޮއިސްތައް، ގުޅުންހުރި ޑިޕާޓްމަންޓަށް ފޮނުވުން.

2. އާސަންދަ ކުންފުންޏަށް ލިބޭ އިންވޮއިސްތައް، ހަމަޖެހިފައވާ އުސޫލުގެ ތެރެއިން ބެލެހެއްޓުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވޮއިސްތަކާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

3. އާސަންދަ ކުންފުނީގެ ތަފާސްހިސާބު ޔުނިޓުގެ މަސައްކަތް މޮނިޓަރކޮށް ބެލުން.

4. އިންވޮއިސްގެ ޞައްޙަކަން ޕޯޓަލް މެދުވެރިކޮށް ބަލައި ޗެކްކުރުން.

5. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޕްރޮސެސްކޮށް ނިންމައި އިންވޮއިސްތައް ޕްރިންޓްކުރުމާއި، ސްކޭންކުރުމާއި ފައިލުކުރުން.

6. ކުންފުނީގެ އުސޫލާ އެއްގޮތަށް ފޮނުވާފައިވާ އިންވޮއިސްތައް ހުއްދަ ލިބެންޖެހޭ ފަރާތުގެ ހުއްދަ ލިބުމުން އެކައުންޓްސް އެން ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން.

7. ފައިސާ ދެއްކިފައިވާނުވާ އިންވޮއިސްތަކުގެ ރިޕޯޓުތައް، ސުޕަވައިޒަރެއްގެ ލަފައާއެކު ތައްޔާރުކުރުން.

8. ޚިދުމަތްދޭ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަތުމާއި، ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން.

ކުރިމަތިލުމުގެ ސުންގަޑި:

2016 ޑިސެންބަރު 1 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއްނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ