މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މަގުތައް މަރާމާތުކުރާތީ ބައެއް މަގުތައް ދެކޮޅަށާއި، އެއްކޮޅަށް ދުއްވާގޮތަށް ވަގުތީގޮތުން ބަދަލުކުރުމާގުޅޭ

އިޢުލާން

މަޖީދީ މަގު މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުންދާތީ، އެ މަސައްކަތް ނިމެންދެން 2016 ނޮވެންބަރު 24 ވަނަ ދުވަހުން ފެށިގެން މަރާމާތުކުރާ ސަރަހައްދުގެ ބައެއް މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަން ހަމަޖެހިފައިވާ ގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1 ފަނޑިޔާރުމަގުގައި ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކުން.

  2 ޖަންބުމަގު، އަސަރީހިނގުމާ ގުޅުނު ހިސާބުން ފެށިގެން އުތުރުން ދެކުނަށް ދުއްވާ ގޮތަށް ބަދަލުކުން.

  3 މުނިޔާމަގު، ޝާރިޢުވަރުދީ ހިނގުމާ ގުޅުން ހިސާބުން ފެށިގެން ފުނަގޯޅިއާ ހަމައަށް ދެކުނުން އުތުރަށް ދުއްވާގޮތަށް ބަދަލުކުން.

  4 ފުނަގޯޅީގައި ހުޅަނގުން އިރަށް ދުއްވާ ގޮތަށް ބަދަލުކުރުން.     

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

23 ޞަފަރު 1438

23 ނޮވެންބަރު 2016
ހޯދާ