މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން (ގިނަވެގެން 1 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ޙަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

އިޢުލާން

މަޤާމު:

ޕޯސްޓްމަން (ގިނަވެގެން 1 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ޙަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

ބޭނުންވާ އަދަދު :

1 (އެކެއް)

މުސާރަ:

މަސައްކަތަށް ނުކުންނަ ދުވަހަކަށް -/160 ރުފިޔާ (ސަތޭކަ ފަސްދޮޅަސް ރުފިޔާ)

އޮފީސް:

ބ. އަތޮޅު ޕޯސްޓް އޮފީސް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ތައުލީމީގޮތުން ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރި މީހެއްކަމުގައިވުން
  • ޙަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭ ފަދަ ޤާބިލު ފަރާތަކަށްވުން
  • އެއް ތަނުން އަނެއް ތަނަށް މެއިލް އުފުލޭނެ ޞިއްޙަތެއް ހުރި މީހެއްކަމުގައިވުން
  • އަމިއްލަ ދުއްވާއެއްޗެއްގައި އުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން
  • ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކު ކަމުގައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރު ޖަހަންވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ކޮޕީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ގވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ. ބ.އޭދަފުށިން ނަމަ، ބ. އޭދަފުށީ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.

އިންޓަވިއު:

އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސް ކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް، ނުވަތަ 3009272 ނަންބަރު ފޯނަށް، ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

23 ނޮވެންބަރު 2016
ހޯދާ