އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
ކުރީގެ އިދާރީ އޮފީހުގެ ގޮތުގައި ބޭނުންކުރި ބައި، މީޓިންގރޫމަކަށް ބަދަލުކުރުމަށް

އިޢުލާން

މި ސްކޫލުގެ ކުރީގެ އިދާރީ އޮފީހުގެ ގޮތުގައި ބޭނުންކުރި ބައި، މީޓިންގރޫމަކަށް ބަދަލުކުރުމަށް ބޭނުންވެއެވެ.  

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ، މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހު މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

24 ނޮވެންބަރު 2016
ހޯދާ