ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގެ ނަންބަރު GS-131/2016/23 (7 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު އަގު ބޮޑުކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ސްކޫލުގެ ތިރީގައިމިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފާރާތެއް ހޯދަން ބޭނުންވެއެވެ.

1. ސްޓާފްރޫމް ކަރަންޓް ވަޔަރިންގ (ސޮކެޓް) އަދި ނެޓްވަރކް އެޅުން

2. އޮފީސް އަދި ކްލާސްރޫމްތަކުގައި ކުލަލުން

ވީމާ، އަމިއްލަ ތަކެތީގައި ސްކޫލުން ދޭ މައުލޫމާތާ އެއްގޮތަށް މި މަސައްކަތްތައް ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޒިރުވާކަމުގެ ލިޔުމަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޒިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

24 ޞަފަރު 1438

24 ނޮވެންބަރު 2016
ހޯދާ