ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށްހިފަން

އިޢުލާން

ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި ސްކޫލުގެ ތަކެތި ރައްކާކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީ ފޮނުވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ 14:30 ގައި.

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 14:30 ގައި.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ