ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ގދ. ހޯނޑެއްދޫގެ މިސްކިތްތަކުގައި (މަސްޖިދުލް ފުރްޤާން، މަސްޖިދުލް އަންޞާރު) ގައި، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމުގެ ނަން:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމް އޮތް އޮފީސް/އިދާރާ:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް   

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ ހޯނޑެއްދޫ މިސްކިތްތަކުގައި

ވަޒީފާ އަދާކުރަންޖެހޭ ރަށް:

ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ

މުސާރައާއި، ޢިނާޔަތްތައް:

ދުވާލަކަށް 136/67 ރުފިޔާ

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. މިސްކިތާއި، މިސްކިތުގެ ކަބަޑުތަކާއި، ފޮތްތަކާއި، މިސްކިތުގެ ބިއްލޫރިތައް ސާފުކޮށް ބެލެހެއްޓުން.

2. މިސްކިތުގެ ގޯތިތެރެއާއި، މިސްކިތުގެ ގޯއްޗާ ގުޅިފައިވާ މަގުތަކުގެ ½ ކުނިކަހައި، ވިނަނޮޅައި، ސާފުކޮށް ބެލެހެއްޓުމާއި، ގޯތިތެރޭގައި ގަސްހެއްދުން.

3. މިސްކިތުގެ ފުރާޅު ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭގައި ބެހެއްޓިފައިވާ ތާނގި ސާފުކޮށް ބަލަހައްޓައި، ތާނގީއަށް ފެންއެޅުމުގެ ކަންތައްތައް ބެލެހެއްޓުން.

4. މިސްކިތުގެ ވަޅާއި، ވަޅުދޮށާއި، ފާޚާނާތަކާއި، އިސްކުރުބަރި ސާފުކޮށް ބެލެހެއްޓުން.

5. މިސްކިތުގެ އިމާރާތްތަކާއި، މުންނާރުގެ ފާރުތަކާއި، އިންފާރު ސާފުކޮށް ބެލެހެއްޓުން.

- މި މަސްއޫލިއްޔަތު އަދާކުރަންވީގޮތުގެ ތަފްސީލު، ކޮންޓްރެކްޓާއެކު އޮންނަ ވަޒީފާ ބަޔާނުގައި ހިމެނޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރި ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށް.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅާ ސިޓީ.

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރިޑެޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިއުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް  (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840015 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6840015 އެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016
ހޯދާ