މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތް ކުރުމަށް

އިޢުލާން

2017 ވަނަ އަހަރު ސްކޫލުގެ ކިޔެވުން ފެށެންވާއިރަށް މި ސްކޫލުގެ ތިރީގައި މި ދަންނަވާ މަރާމާތުގެ މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

  1. ދަރިވަރުންގެ 4 ފާޚާނާގެ ތަށިސެޓް ބަދަލުކުރުން
  2. ދަރިވަރުންގެ 4 ފާޚާނާގެ ފިޓިންގްސް ބަދަލުކުރުން
  3. ސްޓާފްރޫމުގެ ފާޚާނާގެ މޫނުދޮންނަތަށްޓާއި ބޮޑުދޮރު ބަދަލުކުރުން
  4. ޕްރިންޓިންގރޫމުގެ ބޮޑުދޮރާއި ތިންކަނީގެ ކުޑަދޮރު ބަދަލުކުރުން
  5. ކޮންޕިއުޓަރލެބްގެ ބޮޑުދޮރުފަތް ބަދަލުކުރުން
  6. ކްލާސްރޫމުގެ ދޮރާއި ދޮރުފަތް ބަދަލުކުރުން
  7. ސީލިންގގެ ފަންކާ ބަދަލުކުރުން

ވީމާ، ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެއްވޭނީ އެއް ފަރާތެކެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2016
ހޯދާ