ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

އިޢުލާން

ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

މި ސެންޓަރުން ހިންގާ ތިރީގައި ދެންނެވިފައިވާ ކޯސްތަކުގެ ބައެއް މާއްދާތަކަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 13:00 އަށް މި ސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހު މެންދުރުފަހު 13:00 އަށް މި ސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

ކޯސް

މާއްދާ

1

ބެޗްލަރ އޮފް ޓީޗިންގ އިސްލާމް

ޤުރުއާން - 4

އިސްލާމިކް ސެކްޓްސް (އަލްފިރަޤް)

އެސަސްމަންޓް އެންޑް އިވެލުއޭޝަން

ރިސާރޗް މެތަރޑްސް

2

ބެޗްލަރ އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް

ބިޒްނަސް ލޯ

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345188 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ