މާފުށީ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާތަކާއި ކްލާސްރޫމްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފާޚާނާތަކާއި ކްލާސްރޫމްތައް މަރާމާތުކުރުން.

މި ސްކޫލުގެ ފާޚާނާތަކާއި، ކްލާސްރޫމްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: GS143/IUL/2016/28 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. ސްކޫލުގެ ފާޚާނާތަކާއި ކްލާސްތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2016 ނޮވެންބަރު 28 ހޯމަދުވަހުގެ 13:30 ގައި މާފުށީ ސްކޫލުގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:30 ގައި މާފުށީ ސްކޫލުގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާފުށި ސްކޫލުގެ ނަންބަރު 6640471 ފޯނަށް ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2016
ހޯދާ