މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު

އިޢުލާން

"ރެހެންދި އެވޯޑު"

ޤައުމީ ތަރައްޤީއަށް އާދަޔާ ޚިލާފު ހިއްސާއެއްވާކަން ފާހަގަކުރެވޭ ގޮތަށް، ޤައުމަށް ބޮޑެތި ލާބަޔާއި މަންފާ ލިބޭ ޚިދުމަތްތައް ކޮށްދީފައިވާ އަންހެނުންގެ އަގު ވަޒަންކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ކޮންމެ އަހަރަކު "ރެހެންދި އެވޯޑު" ގެ ނަމުގައި އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ގޮތުން، އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތެއްގެ ނަން ހުށަހެޅުމުގެ ފުރުޞަތާއި، މުއައްސަސާތަކާއި، އޮފީސްތަކާއި ކުންފުނިތަކަށް، މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ނަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތަފުސީލު އެޕްލިކޭޝަން ފޯމުގައި ހިމަނާފައިވާނެއެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި، ޝަރުޠުތައް އެކުލެވޭ ލިޔުމާއި، އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ލިބޭނެއެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2 ޖަނަވަރީ 2017 އެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016
ހޯދާ