ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤުރްއާނާބެހޭ މަރުކަޒުގައި 2017 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން 2017 ވަނަ އަހަރު ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤިރާޢަތު ސެޓުފިކެޓު 1

ޝަރުޠު:

1- ފަށާ ތަޢުލީމު ނިންމާފައިވުން (ގްރޭޑް 7 ނިންމާފައިވުން)

2- އުމުރުން 14 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:   2 މަސްދުވަސް

ޤިރާޢަތު ސެޓުފިކެޓު 2

ޝަރުޠު:

1- ޤިރާއަތު ކޯސް ސެޓުފިކެޓު ލެވެލް 1 ހަދައި ފާސްވެފައިވުން.

2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޤިރާޢަތު ސެޓުފިކެޓު 3

ޝަރުޠު:

1- ޤިރާއަތު ކޯސް ސެޓުފިކެޓު ލެވެލް 2 ހަދައި ފާސްވެފައިވުން.

2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު: 1  އަހަރުދުވަސް (2 ސެމިސްޓަރ)

ޤާރީ ކަމުގެ އެޑްވާންސް ސެޓުފިކެޓު

ޝަރުޠު:

1- ޤިރާއަތު ކޯސް ސެޓުފިކެޓު ލެވެލް 3 ހަދައި ފާސްވެފައިވުން.

2- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:  1 އަހަރުދުވަސް (2 ސެމިސްޓަރ)

ވީމާ، މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 4 ވާ ބުދަދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

21 ޞަފަރު 1438

21 ނޮވެންބަރު 2016
ހޯދާ