ދިވެހިރާއްޖެ
އިޢުލާން
ސޮފްޓްވެއަރ އިންޖިނިއަރިންގގެ މަސައްކަތްކުރުމަށް މީހަކު ބޭނުންވެއްޖެ
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަޒީފާއާ ގުޅުންހުރި މަޢުލޫމާތު ބެލެހެއްޓުމަށް ސިވިލް ސަރވިސް ކޮމިޝަނުން ފަރުމާކުރަމުންދާ ވެބް-ބޭސްޑް އެޕްލިކޭޝަނެއްކަމަށްވާ "ސީއެސް. ވިއުގަ 2.0" އިން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޑީސެންޓްރަލައިޒްކުރުމަށް ސިސްޓަމް ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް، ވީ އެންމެ އަވަސް ފުރުޞަތެއްގައި ގެނެސް ނިންމުމަށް، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނޭ މީހަކު ހޯދަން ބޭނުންވެއްޖެއެވެ. ވުމާއެކު، މިކަމަށް އެދޭ ތިރީގައިމިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު، ސިވިލް ސަރވިސް ކޮމިޝަނުގެ ސޮފްޓްވެއަރ އިންޖިނިއަރިންގ މަސައްކަތްކުރުމަށް އެދޭ ފޯމު، ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ހުންނަ މި ކޮމިޝަނަށް ފޮނުވުން އެދެމެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ސޮފްޓްވެއަރ އިންޖިނިއަރިންގ މަސައްކަތްކުރުމަށް އެދޭ ފޯމު، ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
ކުރަންޖެހޭ މަސައްކަތާބެހޭ މަޢުލޫމާތު: "ސީ.އެސް. ވިއުގަ2.0" ފަރުމާކޮށްފައިވަނީ ޑޮޓްނެޓް ޕްލެޓްފޯމް ބޭނުންކޮށްގެން ASP.NET އަދި VB.NET ލެންގްއެޖްގެ ގޮތުގައި ބޭނުންކޮށްގެން SQL Server ގައި ޑޭޓާބޭސް ޑިޒައިންކޮށްގެންނެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ޑޮޓްނެޓް ފްރޭމްވަރކްގައި މަސައްކަތްކޮށް، އަދި ވެބް-ބޭސްޑް އެޕްލިކޭޝަން ފަރުމާކުރުމުގެ ތަޖުރިބާ ލިބިފައިވާނަމަ އިތުރު އިސްކަމެއް ދެވޭނެއެވެ. "ސީ.އެސް. ވިއުގަ2.0" އަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރެފަރަންސް ޑޮކިއުމަންޓް މި މަސައްކަތަށް ހޮވޭ ފަރާތާއެކު ހިއްސާ ކުރެވޭނެއެވެ. މި ލިޔުމުގައި އެޕްލިކޭޝަނަށް ގެންނަންޖެހޭ ކުދި ބޮޑު އެންމެހައި ބަދަލުތައް ހިމަނާފައިވާނެއެވެ. އަދި މި މަސައްކަތްކުރާ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި "ސީ.އެސް ވިއުގަ2.0 " އަށް ވީ އެންމެ އަވަހަކަށް އަހުލުވެރިވެ، ޓަރމްސް އޮފް ރެފަރަންސަކީ އަސާސްކަމުގައި ބަލައި، ރިކުއަރމަންޓް ސްޓަޑީއެއް ހެދުމަށްފަހު ސިސްޓަމް ޑިޒައިން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ހިމެނެއެވެ. މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން: މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ގާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. |
20 ޞަފަރު 1438