ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

2017 ވަނަ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މި ސްކޫލުގައި ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS-107/2016/31 (30 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން އެ މަސައްކަތަށް ކުރިމަތިލައި، މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • ކުލާސްރޫމް 5 ، 6 އަދި 7 ގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން.
  • ރޫމް ނަންބަރު 8 ، 9 އަދި ސައިންސްލެބްގެ ކުޑަދޮރުފަތްތައް މަރާމާތުކުރުން.
  • 9 ކްލާސްރޫމުގެ ތަޅު ބަދަލުކުރުން.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ، 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ސްކޫލުގައެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ހާޒިރުވާއިރު، ބަދަލުގައި ހާޒިރުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ.

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ