ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކެއް ހެދުމާއި، ޕާކިންގޒޯނެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

ގދ.ތިނަދޫ އެސް.ޓީ.އޯ ފިހާރައިގެ އިރުމަތީގައި ޕާކެއް ހެދުމާއި، ދާންނާމަގުގައި 2 ފުރޮޅުލީ އުޅަނދުފަހަރަށް ޕާކިންގޒޯނެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)415/415/2016/54 (20 ޖޫން 2016) އިޢުލާން (އެ މަސައްކަތުގެ ޕްލޭނަށް ބަދަލުގެންނަން ޖެހުމާ ގުޅިގެން) ބާޠިލުކޮށް، ގދ.ތިނަދޫ އެސް.ޓީ.އޯ ފިހާރައިގެ ދެކުނުން 1962 ވަނަ އިމާރާތުގެ އުތުރުފަރާތުގައި ދާންނާމަގުގެ ދެކުނުފަޅީގައި 2 ފުރޮޅުލީ އުޅަނދުފަހަރު ޕާކްކުރާނެ ޕާކިންގޒޯނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

29 ނޮވެންބަރު 2016

އަންގާރަ

9:00

އަންދާސީހިސާބު ހުށަހެހެޅުން

1 ޑިސެންބަރު 2016

ބުރާސްފަތި  

10:30

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި އަދި މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅުއްވާފައި ހުންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތުޝީޓުގައި ހިމަނާފައިވާނެއެވެ.                     

22 ޞަފަރު 1438

22 ނޮވެންބަރު 2016
ހޯދާ