ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: ސީނިއަރ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ 

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-221537

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: އެމް. އެސް. 2 (މެނޭޖީރިއަލް ސަރވިސް 2)

ސެކްޝަން: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ސެކްޝަން

މުސާރަ: މަހަކު -/6،295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ)

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ(ދެހާސް ރުފިޔާ)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން،  އޮފީސް މެނޭޖްމަންޓް،  ކޮމާރސް  އަދި  ބިޒްނަސްގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސް ގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން،  އޮފީސް  މެނޭޖްމަންޓް،  ކޮމާރސް  އަދި  ބިޒްނަސްގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  5  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، ކޮމާރސް އަދި ބިޒްނަސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. ބިޒްނަސް  މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން،  އޮފީސް  މެނޭޖްމަންޓް،  ކޮމާރސް  އަދި  ބިޒްނަސްގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް  6  ގެ  ސަނަދެއް  ހާސިލުކޮށްފައިވުން. ނުވަތަ،

4. ބިޒްނަސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން،  އޮފީސް މެނޭޖްމަންޓް،  ކޮމާރސް  އަދި  ބިޒްނަސްގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4  ގެ  ސަނަދެއް  ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައްސޫލިއްޔަތުތަކާއި ޒިންމާތައް:   

1. ރަށު ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކުރުމުގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސްއަށް ހަވާލުކުރެވޭ މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ކައުންސިލަށާއި ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.

2. ސަރުކާރުގެ ބިނާވެށި ޕްލޭނާ އެއްގޮތަށް ރަށުގެ ލޭންޑްޔޫޒް ޕްލޭން ތައްޔާރުކޮށް، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ އެންމެހައި ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރުން.

3. ރަށުގައި ހިންގާ ތަފާތު ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރާނެ ފަރާތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އިޢުލާންކޮށް، އެކަމަށް އަންދާސީ ހިސާބުތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު، އަންދާސީ ހިސާބު ބަލާ ކޮމެޓީއަށް ހުށަހަޅައި، އިވެލުއޭޓް ކުރުވައި، އެ ކޮމެޓީން ކަނޑައަޅާ ފަރާތްތަކާއެކު ކުރެވޭ އެއްބަސްވުންތައް ތައްޔާރުކުރުމާއި، އެއާ އެއްގޮތަށް ކުރެވޭ މަސައްކަތްތައް ހިނގާގޮތް ބެލުން.

4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޮޑެތިމީހުންގެ ތަޢުލީމީ ފެންވަރާއި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

5. އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި އާންމު މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.

6. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްދޭނެ މަރުކަޒު ހިންގުމާއި، ގެވެހި އަނިޔާ ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި، އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ، އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

7. އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި ބިން، ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުމުގެ މަސައްކަތްތައް ކުރުން.

8. ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް، ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކި ކަންކަމަށް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ފަންޑުތައް އުފެއްދުމުގެ މަސައްކަތް ކުރުން.

9. އިޤްތިޞާދީ އަދި އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަޅުފަޅާއި އަދި އެނޫންވެސް ވަސީލަތްތައް ހޯދުމާއި، އެފަދަ ތަންތަން ކައުންސިލުގެ ނަމުގައި މިލްކުކުރުމާބެހޭ އެންމެހައި ކަންކަން ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ހިންގައި ބެލެހެއްޓުން.

10. ރަށުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ރައްޔިތުންނަށް ފޯރުވައިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ކުރުވުން.

11. ރަށުގެ އިޤްތިޞާދީ ތަރައްޤީއާބެހޭ ކަންކަން ވިލަރެސްކުރުވައި، އެ ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކޮށް، ނަތީޖާ ނެރެވޭނެގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމް ކުރުވައި ހިންގުން.

12. ރަށުގެ ތަރައްޤީގެ ޕްރޮޖެކްޓްތަކާބެހޭ އެންމެހައި  ކަންކަން ވިލަރެސްކުރުވައި، އެ ޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބަލައި ސުޕަވައިޒްކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން އިޞްލާޙުކޮށް، ނަތީޖާ ނެރެވޭނެގޮތަށް މަސައްކަތްތަކާއި ޕްރޮގްރާމްތައް އިންތިޒާމް ކުރުވައި ހިންގުން.

13. ޕީ.އެސް.އައި.ޕީ ގައި ހިމަނައިގެން ރަށުގެ ތަރައްޤީއަށް އެކުލަވައިލަންޖެހޭ ޕްރޮޖެކްޓްތައް އެކުލަވައިލައި، ހުށަހަޅަންޖެހޭ މާއްދާތައް ހުށަހެޅުމާއި، އެފަދަ ޕްރޮގްރާމްތައް ތަންފީޒުކުރުމާއި މޮނިޓަރކުރުމާއި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމުގައި އިސްވެ ހަރަކާތްތެރިވުން.

14. އެކިއެކި މިނިސްޓްރީތަކަށް  ބޭނުންވާ ޢުމްރާނީ ތަރައްޤީއާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވުން.

15. ރަށުން ދިރިއުޅުމަށް ދޫކުރަންޖެހޭ ބަންޑާރަ ބިމާއި، އެހެނިހެން ބޭނުންތަކަށް ދޫކުރަންޖެހޭ ބިންތައް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ދޫކުރުމުގެ އެންމެހައި އިންތިޒާމްތައް ރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތަށް ހަމަޖެއްސުން.

16. ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

17. ޚާއްޞަ ހާލަތްތަކާ ގުޅިގެންނާއި އިޖުތިމާޢީގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލު" ތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނޭނެ ތާރީޚާއި ގަޑިއެއް ފަހުން ލިޔުމުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، 2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދު 2014 ގައިވާ ގޮތުގެ މަތިން، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގަމުން ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

(ރ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ ގޮތަށް އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް ނަގާފައިވާ ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500012 ނަންބަރު ފޯނަށެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

21 ޞަފަރު 1438

21 ނޮވެންބަރު 2016
ހޯދާ