ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
މެޑިކަލް ކޮންސިއުމަބަލްސް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މެޑިކަލް ކޮންސިއުމަބަލްސް ގަންނަން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތު ސައިންސްއަށް މެޑިކަލް ކޮންސިއުމަބަލްސް ގަނެ މި ފެކަލްޓީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: MED-153-FHS/2016/14 (25 އޮކްޓޫބަރު 2016) އިޢުލާނަށް ތިން ފަރާތުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.  

ވީމާ، މަތީގައިވާ ތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވަނަ ދުވަހުގެ 13:00 އަށް މި ފެކަލްޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 08 ވަނަ ދުވަހުގެ 13:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ ނަންބަރު 3346510 ،3346500  ފޯނަށެވެ.

20 ޞަފަރު 1438

20 ނޮވެންބަރު 2016
ހޯދާ