ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް އެއް އަހަރުދުވަހުގެ މުއްދަތަށް ޢިމާރާތެއް ކުއްޔަށް ހިފުމަށް

ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތެއް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގޭ އޮފީސް ހިންގުމަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ޢިމާރާތެއް ހިފުމަށް ބޭނުންވެއެވެ.

މިފަދަ ޢިމާރާތެއް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގެއަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ މަޢުލޫމާތު 

އިތުރު ތަފުސީލު

ޢިމާރާތުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:

 

ގުޅޭނެ ފޯނު ނަންބަރު:

(މޮބައިލް ނަންބަރު)

ކުއްޔަށް ދޭން ހުށަހަޅާ ޢިމާރާތުގެ އެޑްރެސް:

 

ޢިމާރާތުގެ ޖާގައިގެ ބޮޑުމިން (އަކަފޫޓުން) :

މަދުވެގެން 150 އަކަފޫޓާއި 500 އަކަފޫޓާ ދެމެދުގެ ޖާގައެއް ޢިމާރާތުގައި ހުންނަން ވާނެއެވެ.

ޢިމާރާތުގެ ކުލި (މަހަކަށް):

 

ބޭނުންކުރަން ފެށޭނެ ތާރީޚު:

 

އެހެނިހެން ޝަރުޠު:

 

ޢިމާރާތަކީ މަގަށް ދޮރުކެނޑިފައިވާ ފަސޭހައިން ވަދެނިކުމެވޭ ގޮތަށް ހުރިތަނަކަށް ވާންޖެހޭނެއެވެ.

ޢިމާރާތުގައި ފާޚާނާއެއް ހުންނަންވާނެއެވެ.

ހުށަހެޅޭ ޕްރޮޕޯޒަލްތަށް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު

  1. އިމާރާތުގެ ކުލި 85 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 85x )
  2. އިންޖީނުގެއާ ގުޅުންހުރި އިދާރީ ޚިދުމަތްތަށް ދިނުމަށް ހުރި ފަސޭހަކަން - 15 ޕޮއިންޓް

ހުށަހެޅޭ ޕްރޮޕޯޒަލްތަށް އިވެލުއޭޓް ކުރުމުގައި، ކުއްޔަށް ދޫކުރުމަށް ހުށަހެޅޭ ތަނަކީ ސްޓެލްކޯއިން ވ.ތިނަދޫއަށް ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަށް ދެވެން ނެތް ފަދަ ތަނެއް ކަމަށް މި ކުންފުންޏަށް ފެނިއްޖެ ޙާލަތެއްގައި އެފަދަ ޕްރޮޕޯޒަލްތައް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "އޮފީސް އިމާރާތް ކުއްޔަށް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިފަދަ ޢިމާރާތެއް ކުއްޔަށް ދޫކުރަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 10:00 އަށް މި ކުންފުނީގެ ވ.ތިނަދޫ އިންޖީނުގެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

21 ޞަފަރު 1438

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެ މާއްދާގައި ބުނާ ފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް ބިޑް ބާޠިލުކުރުމުގެ އިޚްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
21 ނޮވެންބަރު 2016
ހޯދާ