ހެނބަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން:

މި ސްކޫލުގެ ނަންބަރު GS111/2016/31 އިޢުލާނުގައިވާ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ތިންފަރާތުން ހާޒިރުވެފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 1 ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނޭ ލިޔުމަކާއެކު ފޮނުވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

10 ނޮވެންބަރު 2016
ހޯދާ