ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޕާޓިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތު ކުރުމާބެހޭ

މި ސްކޫލުގެ ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތުކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 1:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 1:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6560003 އާ ގުޅުއްވުން އެދެމެވެ.

17 ޞަފަރު ‎‎1438

17 ނޮވެންބަރު 2016
ހޯދާ