އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
22 ކޮޓަރި ކުއްޔަށް ހިފުން

އިޢުލާން

22 ކޮޓަރި ކުއްޔަށް ހިފުން

މި މަދަރުސާއަށް 18 ކޮޓަރި ކުއްޔަށް ހިފަން ކުރި މި މަދަރުސާގެ ނަންބަރު B-MAI/IUL/2016/45 (20 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް، 2017 ވަނަ އަހަރު މި މަދަރުސާގައި މަސައްކަތް ކުރައްވާނެ ޢަރަބި މުދައްރިސުން ބޭތިބުމަށްޓަކައި، މާލެ ނުވަތަ ވިލިނގިލިން، ވަކިވަކިން ހުރި 22 ކޮޓަރި ކުއްޔަށް ހިފުމަށް އިޢުލާނު ކުރަމެވެ.

ވީމާ، 22 ކޮޓަރި ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާ (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

އަންދާސީހިސާބު ބަލައިގަތުން

 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 10:00 އަށް

2016 ޑިސެންބަރު 5 ވާ ހޯމަދުވަހުގެ 10:00 އަށް

މަޢުލޫމާތު ސާފުކޮށްދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފިނަމަ، މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އެވެ.

16 ޞަފަރު 1438

16 ނޮވެންބަރު 2016
ހޯދާ