ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

ގެއެއް ކުއްޔަށް ހިފުން

މި ސްކޫލުގެ ނަންބަރު GS-65-A/2016/41 (31 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އިޢުލާން ބާޠިލުކޮށް، 2017 ވަނަ އަހަރު، މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށްހުރި ގެއެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.

  • 3 ނިދާކޮޓަރި (ފަރުނީޗަރާއެކު)
  • ފާޚާނާ (ފާޚާނާގެ ފިޓިންގސްއާއެކު)
  • މަދުވެގެން 1 ކޮޓަރީގައި އެއަރކޯން ހަރުކުރެވިފައި ހުރުން
  • ސިޓިންގރޫމް (ފަރުނީޗަރާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް، އަދި ވަކި މީޓަރެއް ލެވިފައިވުން.
  • ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށިތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލުގެ އޮފީސް

29 ނޮވެންބަރު 2016

އަންގާރަ

10:30

އަންދާސީހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލުގެ އޮފީސް

5 ޑިސެންބަރު 2016

ހޯމަ

10:30

ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ