1. ރަސްމީ ދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުމާއި، ނުރަސްމީގަޑީގައި އޮފީސް ހުޅުވަން ޖެހިއްޖެނަމަ، ވެރިޔާގެ ހުއްދައާއެކު އޮފީސް ހުޅުވައި ލެއްޕުން.
2. މަސައްކަތުމީހުންނާއި، ޕިއޯނާއި، ވޮޗަރުންގެ މަސައްކަތްކުރާގޮތް ބަލައި، އެމީހުން ކުރަންޖެހޭ މަސައްކަތްތައް ދުވަހުން ދުވަހަށް ދެއްކުން.
3. ކިޔަވައިދިނުމަށް ބޭނުންކުރާ މެޝިނަރީތަކާއި ލައިބްރަރީގައިވާ ތަކެތި ފިޔަވައި އެހެނިހެން ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.
4. އޮފީހަށް ބޭނުންވާ ތަކެތި ސްޓޮކަށް އޯޑަރުކޮށް ސްޓޮކް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
5. މަރުކަޒުން ބާއްވާ ޖަލްސާ، ސެމިނާރު ފަދަ ކަންކަމުގައި ހަރަކާތްތެރިވުން.
6. މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ހާޒިރީ ރިޕޯޓްތައް ބެލެހެއްޓުމާއި، މުވައްޒަފުންނާބެހޭ ރިކޯޑްތައް ބެލެހެއްޓުން.
7. މަރުކަޒަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، މަރުކަޒުން ފޮނުވަންޖެހޭ ސިޓީތައް ތައްޔާރުކޮށް ފޮނުވުން.
8. ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް ކުރިއެރުމަށްޓަކައި ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުން.
9. ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ލަނޑުދަނޑި ހާސިލުކުރުމަށް އެއްބާރުލުމާއެކު މަސައްކަތްކުރުން.
|