ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ބ. ކުޑަރިކިލު ޞިއްޙީމަރުކަޒުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

ބ. ކުޑަރިކިލު ޞިއްޙީމަރުކަޒުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 29 ވާ އަންގާރަދުވަހުގެ 11:00 އަށް ބ. ކުޑަރިކިލު ޞިއްޙީމަރުކަޒު، ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 11:00 އަށް ބ. ކުޑަރިކިލު ޞިއްޙީމަރުކަޒު، ނުވަތަ ބ. އަތޮޅު ހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

13 ޞަފަރު 1438

13 ނޮވެންބަރު 2016
ހޯދާ