ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އެސިސްޓެންޓް (ވަގުތީ)

މަޤާމުގެ ގިންތި: ވަގުތީ - 1 މަސްދުވަސް (މަސައްކަތަށް ރަނގަޅުނަމަ، އެއްބަސްވުމުން މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ސެކްޝަން: ޕަރފޯމަންސް މެނޭޖްމަންޓް

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލެވަންސް: މަހަކު -/1500 ރުފިޔާ

 

ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ

 

ސްޕެޝަލް ޑިއުޓީ އެލަވަންސް: މަހަކު -/1757 ރުފިޔާ (އަސާސީ މުސާރައިގެ %35)

 

އޯވަރޓައިމް އެލަވަންސް: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ބޭނުންވާ އަދަދު: 1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1. ސިވިލް ސަރވިސްގެ މަޤާމުތަކުގެ އޮނިގަނޑުތައް ވަކިވަކިން ބަލައި، ކޮންމެ މަޤާމަކުން ކުރިއެރުން ދެވޭ ގްރޭޑް / ރޭންކް، ޕްރޮމޯޝަން މޮޑިއުލަށް އެޅުން.

2. ކުރިއެރުން ދެވޭ މަޤާމުތައް ދެނެގަނެ، ފަންނީ މުވައްޒަފުންގެ ލަފާގެމަތިން ގެންނަންވާ ބަދަލުތައް ގެނައުމުގެ މަސައްކަތްކުރުން.

3. ޕްރޮމޯޝަން ދެވޭ ޝަރުޠުތައް، ޕްރޮމޯޝަން މޮޑިއުލަށް އެޅުން.

4. މަޤާމުތަކުގެ އޮނިގަނޑުތަކުން ވަޒީފާގެ ކުރިއެރުން ދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވައިލުމުގައި އެހީތެރިވުން.

5. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން ސީއެސް ވިއުގަ 2.0 ގެ މޮޑިއުލްތަކުން ކުރަންޖެހޭ މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ހުންނަ، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ) 

4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- އިންޓަވިއުއާއި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިންސައްތަ: %54)

 

އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެޒެންޓޭޝަން، 27 ނޮވެންބަރު 2016 އާއި 29 ނޮވެންބަރު 2016 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3307302 ނަންބަރު ފޯނަށް، ނުވަތަ 3307303 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3303648 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ http://www.csc.gov.mv ގެ ވެބްސައިޓުންވެސް ލިބެން ހުންނާނެެެވެ.

16 ޞަފަރު 1438

16 ނޮވެންބަރު 2016
ހޯދާ