އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
ޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލުގެ ހޯލުއިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

މި ސްކޫލުގެ ހޯލުއިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު GS68/2016/31 (24 އޮކްޓޫބަރު 2016) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކަކީ ޖީ.އެސް.ޓީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަކަށްނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި ސްކޫލުގެ ކޮންޕިއުޓަރލެބަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ވެރިފަރާތުގެ ސިޓީއަކާއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ