ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ސެކިއުރިޓީ އައުޓްސޯސް ކުރުމާބެހޭ

މި ސްކޫލުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުންގެންދާ ފަރާތުގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާތީ، އަލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 27 ވާ އާދީއްތަދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ ހެނދުނު 10:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި ބީލަމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 އިން 14:00 އަށް) މި ސްކޫލުގެ ނަންބަރު 6520537 އާ ގުޅުއްވުން އެދެމެވެ. 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17 ޞަފަރު 1438

17 ނޮވެންބަރު 2016
ހޯދާ