މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ މެޖިސްޓްރޭޓްކޯޓުގެ ނަންބަރ: F.3.C/2016/03  (14 އޮގަސްޓު 2016) އިޢުލާން ބާޠިލުކޮށް، އަލުން މިކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާގުޅޭ.

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 24 ނޮވެންބަރު 2016 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 1 ޑިސެންބަރު 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ މެޖިސްޓްރޭޓް ކޯޓު

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ