މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

އިޢުލާން

ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

2017 ވަނަ އަހަރަށް ސްކޫލްތަކުގެ ކުދިންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރުތަކުގެ ޑޭޓާ އެންޓަރކުރުމުގެ މަސައްކަތަށް 4 މަސްދުވަހުގެ މުއްދަތަށް 5 މީހުން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ރަސްމީ 6 ގަޑިއިރަށް) -/270 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީ މަސައްކަތްކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ އާންމުގޮތެއްގައި ރަސްމީ ގަޑީގައި ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށެވެ.

މި މަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެގޮތް ތިރީގައި މިވަނީއެވެ.

ތަޢުލީމީ ފެންވަރަށް 70 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވުން)

ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 30 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެމްބަރު 24 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ތަޢުލީމީ ސެޓުފިކެޓްތަކާއެކު ލިއުމަކުން ހުށަހެޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2016
ހޯދާ