ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ކްލާސްރޫމްތަކުގެ ދޮރުފަތްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ބައެއް ކްލާސްރޫމްތަކުގެ ދޮރުފަތްތައް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.    

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 20 ވާ އާދީއްތަދުވަހުގެ 11:30 ގައި މި މަދަރުސާގައި އޮންނަ މިކަމަށްޓަކައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ އެ ބައްދަލުވުން ނިމުމުގެ ކުރިން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:30 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، އެއް ފަރާތަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި މީހަކު ބައިވެރިކުރާނަމަ އެކަން އެނގޭގޮތަށް އޮތް ސިޓީއެއް ހުށަހަޅަންވާނެއެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

    ތަފުސީލު

ފޯމިއުލަރ

އަގު

65%

ހުށަހެޅިފައިވާ އެންމެ ކުޑަ އަގު

އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑަ އަގު /ހުށަހެޅި އަގު

ތަޖުރިބާ

5%

ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު

މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް/ޕޮއިންޓް ދޭނީ ގިނަވެގެން 3 މަސައްކަތަށް

މުއްދަތު

25%

މަސައްކަތް ކުރުމުގެ އެންމެ ކުރު މުއްދަތު

އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު

ޤާބިލުކަން

5%

ބީލަމާއެކު ހުށަހެޅި ބޭންކްސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ، ކުރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް

14 ނޮވެންބަރު 2016
ހޯދާ