އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ވަގުތީ) - ކްލެއިމްސް އެންޑް ޕްރޮސެސިންގ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އޮފިސަރ (ވަގުތީ) 

ޑިޕާޓްމަންޓް: ކްލެއިމްސް އެންޑް ޕްރޮސެސިންގ

މުއްދަތު: 3 މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ގަޑި: 17:00 އިން 22:00 އަށް

ތަޢުލީމާއި ތަޖުރިބާ:

- ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.

- މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.

- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

- އިނގިރޭސީންބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.

- ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން. 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކްލެއިމްސް ޕްރޮސެސިންގ ސޮފްޓްވެއަރ މެދުވެރިކޮށް އިންވޮއިސްތައް އެޅުމަަށްފަހު ޕްރޮސެސްކުރުން.

- އިންވޮއިސްތަކުގައިވާ މަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތުކަން ބަލައި ފާސްކުރުން.

- ޕޯޓަލް ބޭނުންކޮށްގެން އިންވޮއިސްތަކުގައިވާ މަޢުލޫމާތުތަކުގެ ޞައްޙަކަން ބެލުން.

- ރިޖެކްޓްވާ ކްލެއިމްސްތަކަށް ނޯޓިސް ދިނުން.

- ސުޕަވައިޒަރ ހަވާލުކުރާ އެހެނިހެން ކަންތައް ކުރުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު.

2. ތަޢުލީމީ ސެޓުފިކެޓުތައް

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ސީވީ.

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 ޞަފަރު 1438

15 ނޮވެންބަރު 2016
ހޯދާ