އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޓެކްސީ ކުއްޔަށްހިފުމަށް ބޭނުންވެއްޖެ

އިޢުލާނު

ޓެކްސީ ކުއްޔަށްހިފުމަށް ބޭނުންވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާ ގުޅިގެން، ޓެކްސީ ކުއްޔަށް ހިފުމަށް ކޮށްފައިވާ ނަންބަރު 179 (A)AB-2016/(30 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް ޓެކްސީ ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

 ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

24 ނޮވެމްބަރ 2016

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުން

01 ޑިސެމްބަރ 2016

ބުރާސްފަތި

11:00

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

16 ޞަފަރު 1438

 

 

16 ނޮވެންބަރު 2016
ހޯދާ