ހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު (3)22-C/22/2014/34 (31 ޑިސެންބަރު 2014) މެސެޖުން އަންގަވާފައިވާ ގޮތަށް ސްކޫލް މަދަރަސާތަކުގެ ސެކިއުރިޓީ އައުޓްސޯސްކުރުމަށް ނިންމާފައިވުމާ ގުޅިގެން 1 ޖަނަވަރީ 2017 އިން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގައި ހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ނޮވެންބަރު 28 ވާ ހޯމަ ދުވަހުގެ 10:30 އަށް

 2016 ޑިސެންބަރު 6 ވާ އަންގާރަ ދުވަހުގެ 10:30 އަށް

އަދި ދަންނަވަމެވެ.މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6894068 ނަންބަރު ފޯނާއެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ