ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ހއ.އުލިގަމު ބަނދަރު ސަރަޙައްދުން ބިންތައް ކުއްޔަށް ދޫކުރުން.

ހއ.އުލިގަމު ބަނދަރު ސަރަޙައްދުން އެކިއެކި މަސައްކަތްތައް ކުރުމަށް ބިން ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: (IUL)245/2016/34 (16 އޮކްޓޫބަރު 2016) އިޢުލާނަށް އެކަށީގެންވާވަރަށް ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައި މިދަންނަވާ ބިންތައް 10 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ބިންތައް ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 23 ވާ ބުދަދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިދާރާއިން "ކުއްޔަށް ހިފަން ބޭނުންވާ ބިންތަކަށް ޕްރޮޕޯޒަލް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު 2016 ޑިސެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި އިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި ފޯމު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ފޯމާއި، ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

14 ޞަފަރު 1438

14 ނޮވެންބަރު 2016
ހޯދާ