ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

ގުދަނެއް ކުއްޔަށް ހިފުމާބެހޭ

މި މަރުކަޒަށް ގުދަނެއް (ގާތްގަނޑަކަށް 300 އަކަފޫޓަށްވުރެ ކުޑަނޫން) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ގުދަނެއް ކުއްޔަށް ދޫކުރުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 1:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 28 ވާ ހޯމަދުވަހުގެ 1:00 އަށް މި މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ 1 އަންދާސީހިސާބެވެ.

އަންދާސީހިސާބުގައި ތިރީގައިވާ މަޢުލޫމާތު އެނގެން އޮންނަންވާނެއެވެ.

1. ގުދަނުގެ ބޮޑުމިން (އަކަފޫޓުން)

2. ގުދަނުގެ ފުލޯ ޗާޓް

3. ގުދަން ތަޅުލެވެން ހުރިގޮތް

4. ކުއްޔަށް ދޫކުރާ އަގު (މަސްދުވަހުގެ ކުލި)

5. ކުއްޔަށް ދޫކުރާ މުއްދަތު

6. ގުދަން ހުރި ހިސާބު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި މަރުކަޒުގެ 6580031 ނަންބަރު ފޯނާއެވެ.         

13 ނޮވެންބަރު 2016
ހޯދާ