އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޙަފްލާއެއްގެ އެންމެހައި ކަންކަން ރާވައި، ހަފްލާގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮފީހުން ބާއްވަން ގަސްދުކުރާ ޙަފްލާއެއްގެ އެންމެހައި ކަންކަން ރާވައި، ހަފްލާގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 21 ވާ ހޯމަދުވަހުގެ 11:30 އަށް މި އޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ، މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

16 ޞަފަރު 1438

16 ނޮވެންބަރު 2016
ހޯދާ