ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ނަންބަރު 239/ 2016/ADM -60 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
މަޤާމް: މެކޭނިކަލް އެސިސްޓެންޓް
މަޤާމުގެ ބާވަތް: 6 (ހައެއް) މަސްދުވަހުގެ ކޮންޓްރެކްޓް
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: މަހަކު -/4690 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރ (ކ. ފުނަދޫ)
އެހެނިހެން ޢިނާޔަތްތައް:
* އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/3000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
* ޕެންޝަން
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
* ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރުގެ ޑެލިވަރީކުރުމުގެ މަސައްކަތް ކުރުން.
* ލޯޑިންގއާއި އަންލޯޑިންގ މަސައްކަތްތައް ކުރުން.
* މީޓަރ ހައުސްއާއި ޕަންޕް ހައުސް ސާފުކުރުން.
ތަޢުލީމާއި ތަޖުރިބާ:
* ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.
* ފަޔަރ ފައިޓިންގއާއި ފަސްޓް އެއިޑް ކޯހެއް ހަދާފައިވުން.
* ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓު:
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް ހޮވޭނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
15 ޞަފަރު 1438